ކުޅިވަރު

ޔުވެންޓަސް މޮޅުވެ ލީގު ހޯދުމަށް ތިން ޕޮއިންޓާ ކައިރިއަށް


ލީގުގައި ބާކީ އިތުރަށް ތިން މެޗް އޮއްވާ ލީގު ހޯދުމާ ތިން ޕޮއިންޓާ ކައިރިއަށް ޔުވެންޓަސްއިން ޖެހިލައިފިއެވެ.

އިޓާލިއަން ސެރީއޭގައި ރޭ ކުޅުނު މެޗް ޔުވެންޓަސް ކާމިޔާބުކުރީ ފިއޮރެންޓީނާއާ ވާދަކޮށް ދެ ލަނޑު އެއް ލަނޑުންނެވެ. މެޗްގައި ޔުވެންޓަސްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ މާރިއޯ މަންޒޫކިޗްއާ، މޮރާޓާއެވެ. ފިއޮރެންޓީނާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކަލިނިޗެވެ. 

މި މެޗުން މޮޅުވުމާ ގުޅިގެން ލީގް ހޯދުމަށް ޔުވެންޓަސްއަށް އިތުރަށް ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ. އަމިއްލަ ދަނޑުގައި މިއަންނަ މަހުގެ އެއްވަނަ ދުވަހު ކާޕީއާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްގެން ވިދިވިދިގެން ފަސްވަނަ ފަހަރަށް ލީގް ހޯދުމުގެ ފުރުޞަތު ޔުވެންޓަސްއަށް ވަނީ ލިބިފައެވެ. 

ތިރީސް ފަސް މެޗް ކުޅެގެން ޔުވެންޓަސް ތާވަލްގެ އެއްވަނާގައި އޮތީ އަށްޑިހަ ފަސް ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ނަޕޯލީއަށް ތިރީސް ހަތަރު މެޗުން ލިބިފަިވަނީ ހަތްދިހަ ތިން ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ފިއޮރެންޓީނާ އޮތީ ތާވަލްގެ ފަސްވަނާގައި 59 ޕޮއިންޓާއެކުގައެވެ.