ޚަބަރު

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ވަގުތުން ލިބޭގޮތް ހަދައިފި


  • އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ ޚިދުމަތް ލިބޭނެ

  • މުދަލާއި އެހެނިހެން ޚިދުމަތް ހޯދުމުގެ ފުރުޞަތުވެސް އޮންނާނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އޮންލައިންކޮށް ހުށަހެޅުމުން މިހާރު ވަގުތުން ނަގުދު ފައިސާ ލިބޭ ގޮތަށް އެޕްރޫވަލް ލިބޭނެކަމަށް އެ ބޭންކުން ބުނެފިއެވެ.

މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި ފަހުން ގެނެވުނު ބަދަލެއްކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ ޢަދަދާ ހަމަޔަށް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެކަމަށް ބޭންކުން ވަނީ ބުނެފައެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ފައިނޭންސިންގ އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ ޚިދުމަތް ލިބޭނެއެވެ.

ވަގުތުން އެޕްރޫވްކުރާ ފައިނޭންސިންގ ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށްކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން މެދުވެރިކޮށް ނަޤުދު ފައިސާގެ އިތުރުން، މުދަލާއި އެހެނިހެން ޚިދުމަތް ހޯދުމުގެ ފުރުޞަތުވެސް ލިބޭނެއެވެ. ނަގުދު ފައިސާ ލިބޭ ޚިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް (ކޮމޯޑިޓީ މުރާބަޙާ) އުސޫލުންކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.