ޚަބަރު

ބީއެމްއެލްއިން ސްކޭން ޓު ޕޭ ހަދާ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް


  • ޕްރޮމޯޝަން ކުރިއަށްދާނީ 20 އެޕްރީލް ގެ ނިޔަލަށް

  • ކޮންމެ ހަފްތާއަކު ގުރުއަތުން ނަސީބުވެރިއަކު ހޮވާނެ

ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްގެ މޯބައިލް އެޕް ގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 8 ހަފްތާއަށް ބަހާލައިގެންނެވެ. ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުޞަތު ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ޕްރޮމޯޝަނުން ލިބޭ އިނާމުތައް:
- ފިލިޕްސް އެލްއީޑީ 75 އިންޗީގެ ޓީވީ
- ހިޓާޗީ އައިސްއަލަމާރި
- ޕްލޭސްޓޭޝަން 5
- މައިކްރޯވޭވް އަވަން އަދި އެއަރ ފްރައިއަރ

ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ 20 އެޕްރީލްގެ ނިޔަލަށްކަމަށެވެ.