ޚަބަރު

މާޅޮހު ކައުންސިލްގެ ބައި-އިލެކްޝަން ގޮނޑި ޕީއެންސީއަށް


  • އެމްޑީޕީ ނޫން ޕާޓީއަކަށް މާޅޮހު ކައުންސިލްގެ ގޮނޑި ލިބުނު މިއީ ފުރަތަމަ ފަހަރު

  • ޕީއެންސީގެ ކެންޑިޑޭޓް ގޮނޑި ކާމިޔާބުކުރީ ބޮޑު ތަފާތަކުން

އއ.މާޅޮހު ކައުންސިލްގެ އަންހެން މެމްބަރު އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު މާޔާ ކާމިޔާބުކުރައްވައިފިއެވެ.

ބައި-އިލެކްޝަންގައި ޕީއެންސީއާ ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑީޑޭޓް އަޒީނާ އާދަމެވެ. އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކޮށް މާޔާ ގޮނޑި ކަމިޔާބުކުރެއްވީ 267 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑީޑޭޓަށް ލިބިވަޑައިގަތީ 164 ވޯޓެވެ.

މިބައި-އިލެކްޝަންގައި މާޅޮހުގެ އިތުރުން މާލޭގައިވެސްވަނީ ވޯޓު ފޮއްޓެއް ބަހައްޓާފައެވެ. މާޅޮހުގެ ކައުންސިލް ގޮނޑިއެއް އިދިކޮޅު އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން ކާމިޔަބުކުރި މިއީ ފުރަތަމަ ފަހަރެވެ. މާޅޮހު ބައި-އިލެކްޝަންގައި 558 މީހުންނަށް ވޯޓު ލުމުގެ ޙައްގު ލިބިފައިވެއެވެ.