ޚަބަރު

އެޗްޑީއެފްސީގެ ޕްރޮޖެކްޓްތަކާއި ޚިދުމަތުގެ މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމާއެކު ސޮއިކޮށްފި


  • މިއެއްބަސްވުމަކީ 1 އަހަރުގެ ދުވަހުގެ އެއްބަސްވުމެއް

  • އެޗްޑީއެފްސީގެ ޕްރޮޖެކްޓްތަކާއި ޚިދުމަތުގެ މަޢުލޫމާތު ގެނެސްދޭނެ

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީން ކުރިއަށްގެންދާ މަސައްކަތްތަކާއި އެ ކޯޕަރޭޝަންގެ ޚިދުމަތްތަކުގެ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެޗްޑީއެފްސީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ދެމެދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެޗްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ކޮމްޕެނީ ސެކްރެޓަރީ އާދަމް އާތިފްއެވެ. ޕީއެސްއެމުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމިންއެވެ.

މިއެއްބަސްވުމުގެ ދަށުން އެޗްޑީއެފްސީން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ކުންފުނީގެ ޚިދުމަތްތަކާއި ބާއްވާ ހަރަކާތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެއެވެ. އަދި އެކި މަންސަތަކުގައި ކުންފުނި އިޝްތިހާރުކުރުމުގެ މަސައްކަތްތައް މިއެއްބަސްވުމުގެ ދަށުން ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެޗްޑީއެފްސީގެ މަޢުލޫމާތު ތާޒާކަމާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށާއި އެމަޤުޞަދަށް ވާސިލްވުމަށް ޕީއެސްއެމްގެ ފުރިހަމަ އެއްބާރުލުން މި އެއްބަސްވުމުގެ ދަށުން ލިބޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމުން ވަނީ ދީފައެވެ.

މި އެއްބަސްވުމުގެ ދަށުން އެޗްޑީއެފްސީއާއި ޕީއެސްއެމް ގުޅިގެން 1 އަހަރުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ.