ކުޅިވަރު

މަސްއޮޑިން ޗެމްޕިއަންކަން ހޯދުމުގެ އަސްލަކީ އެންމެން ގުޅިގެން ކުރި މަސައްކަތް: އާތީ


ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މަސްއޮޑި ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމުގެ އަސްލަކީ އެ ޓީމުގެ އެންމެން ގުޅިގެން ކުރި މަސައްކަތް ކަމަށް ޓީމުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

މަސްއޮޑިން ވަނީ ދެވަނަ ޑިވިޝަނުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ފައިނަލުގައި 3-2 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.

ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައި އާތީ ބުނީ މުބާރާތުގެ ތައްޓަކީ މަސްއޮޑިން ވަރަށް މިންނަތުން، ވަރަށް މަސައްކަތްކޮށްގެން ހާސިލުކުރި ކަމެއް ކަމަށެވެ. އަދި ޓީމުގެ ފޯކަސް މުޅިންވެސް ހުރީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވުމަށް ކަމަށާއި، އަނެއް ޓާގެޓަކީ ތަށި ކަމަށްވެސް ބުންޏެވެ.

ސެމީ ފައިނަލް މެޗާ ހަމައަށް އައިއިރު މަސްއޮޑި ކޮޅަށް މި މުބާރާތުގައި ލަނޑެއް ވަދެފައެއް ނުވެއެވެ. އާތީ ބުނީ ފައިނަލް މެޗުގެ ކުރިން ކޮޅަށް ލަނޑެއް ވަނުމުގެ ކަންކަން ތަޖުރިބާކޮށްލަން ލިބުމަކީ އެ ޓީމަށް ރަނގަޅަކަށް ދިމާވި ކަމެއް ކަމަށެވެ.

މީގެ އިތުރުން އާރީ ވަނީ މަސްއޮޑި ޓީމުގެ ކުރިމަގާމެދު އަދި ގޮތެއް ނުނިންމާ ކަމަށްވެސް ބުނެފައެޗެ.