ކުޅިވަރު

ކަޅެގަލެކޮޑާގެ ޗެމްޕިއަންކަން މި ފަހަރުވެސް ނަޖާހަށް


ގދ. ގައްދޫގައި ކުރިއަށްދިޔަ ދިވެހި ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ" ގެ އޯޕަން ބައިގެ ޗެމްޕިއަންކަން ނަޖާހު މުޙައްމަދު (ކަބޯ) ދިފާއުކޮށްފިއެވެ.

މިއީ މި މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ނަޖާހު ހޯދި ދެވަނަ ފަހަރެވެ. މި ފަހަރުގެ ފައިނަލް ނަޖާހު ކާމިޔާބުކުރީ ހޫދު އަޙްމަދު (ހޫބްޒް) އާ ވާދަކޮށް 13.06 ޕޮއިންޓް ހޯދައިގެންނެވެ. ހޫދަށް ލިބުނީ 11.56 ޕޮއިންޓެވެ.

މީގެއިތުރުން މުބާރާތުގެ ޖޫނިއާ ބައިގެން ޗެމްޕިއަންކަން ކަޔާން އަބްދުالله އަރީފް (ކައިޕުޓީ) ވަނީ ހޯދާފައެވެ. ކަޔާން ވަނީ މިދިޔަ އަހަރުގެ ގައުމީ ސާފް ލީގުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދާފައެވެ. މި އަހަރުގެ ކަޅެގަލެކޮޑާގެ ފައިނަލުން ކަޔާން ޖާގަ ހޯދީ ސެމީގައި އަޙްމަދު ލުޒެއިން ބަލިކޮށްގެންނެވެ.

މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ކަޔާން ހޯދީ ފައިނަލުގައި އިނާން އަބްދުލް ހަންނާނާ ވާދަކޮށް ޖުމްލަ 15.50 ސްކޯއެއް ކޮށްގެންނެވެ. މިއީ މިދިޔަ އަހަރުގެ ގައުމީ ލީގުގެ ޖޫނިއާ ބައި ކާމިޔާބުކުރި ކަޔާން "ކަލެގަޅެކޮޑާ" ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.