ޚަބަރު

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަޙުނިޔާ ފޮނުއްވައިފި


  • ޗައިނާގެ ރައްޔިތުންނަށް އުފާވެރި އަހަރަކަށްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި

  • ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ ނަންފުޅުގައި ޗައިނާގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވި

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ، މިފެށޭ އަހަރަކީ ޗައިނާގެ ރައްޔިތުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެ ގައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ އަހަރަކަށް ވާނޭކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ރައީސުލްޖުމްހުރިއްޔާގެ މެސެޖުގައި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ ނަންފުޅުގައި ޗައިނާގެ ރައްޔިތުންނަށް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ތަޙުނިޔާ ވިދާޅުވެ މެސެޖެއް ފޮނުވާފައެވެ. އެމަނިކުފާނުގެ މެސެޖްގައިވެސް ވަނީ ޗައިނާގެ ރައްޔިތުންނަށް އުފާފާގަތިކަމަށް އެދިވަދައިގެން ތަޙުނިޔާ އަރިސްކުރައްވާފައެވެ.