ޚަބަރު

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ އަދާކުރެއްވުމަށް ނަޝީދު ގާނާއަށް


  • ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލަކަށް ނަޝީދު އައްޔަންކުރެއްވީ ޑިސެމްބަރު މަހު

  • ނަޝީދު ދެން ދިރިއުޅުއްވާނީ ގާނާގައި

ކްލައިމެޓް ވަލްނަރަބަލް ފޯރަމް، ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ އަދާކުރެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގާނާއަށް ބަދަލުވެވަޑައިގެންފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ގާނާގެ ވެރިރަށް އަކްރާއަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ޤައުމަކީ ސީވީއެފްގެ އިދާރާ ހުންނަ ޤައުމު ކަމަށާއި މަދު އަހަރުތަކަކަށް އެ ޤައުމުގައި ހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލަކަށް ރައީސް ނަޝީދު އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތްތަކުން ދުވަސްކޮޅަކަށް އެކަހެރިވެވަޑައިގެންފައެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް، ސީވީއެފްގައި 58 މެންބަރު ޤައުމު އޮވެއެވެ.

ސީވީއެފް އުފެދުނީ 2009 ވަނަ އަހަރުއެވެ. އަދި މިޖަމްޢިއްޔާގެ އެންމެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ އެއަހަރުގެ ނޮވެންބަރުމަހު ރާއްޖޭގައެވެ.