ޚަބަރު

ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ކައިރިން ހިފި ކިނބޫ ދޫކޮށްލައިފި


  • ކިނބޫ ހިފާފައިވަނީ އިއްޔެ ހަވީރު

  • ކިނބޫ ދޫކޮށްލީ ބޭރު ކަނޑަށް

ދ.އަތޮޅު ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ކައިރިން އިއްޔެ ހިފި ކިނބޫ ދޫކޮށްލައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ކިނބޫ ދޫކޮށްލާފައިވަނީ އޮޔާ ވައި ހުރި ގޮތް ބެލުމަށްފަހު ރާއްޖެއަށް އޭތި އަނބުރާ އައުމުގެ ފުރުސަތު ކުޑަވާގޮތަށް، ބޭރު ކަނޑަށްކަމަށެވެ.

ދިގުމިނުގައި 9 ފޫޓް ހުރި މި ކިނބޫ ފެނިގެން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 4:08 ހާއިރުއެވެ.

މީގެކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެނިފައިވެއެވެ. ނަމަވެސް އޭގެއިން އެއްޗެއްގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.