ޚަބަރު

މޯލްޑިވިއަނުން ހޯރަފުއްޓަށް ކުރާ ދަތުރުތައް އިތުރުކުރަނީ


  • ދަތުރުތައް އިތުރުކުރަން ނިންމާފައިވަނީ އޭޕްރިލުން ފެށިގެން

  • ހަފްތާއަކު 4 ދަތުރުކުރާނެ

  • ހޯރަފުއްޓަށް ރޭގަނޑުވެސް ދަތުރު ކުރޭ

ޤައުމި އެއަރލައިން މޯލްޑިވިއަނުން ހޯރަފުށި އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ، އަންނަ އޭޕްރީލްމަހުގެ 1ވަނަ ދުވަހުން ފެށިގެން ހއ. ހޯރަފުށި އެއަރޕޯޓަށް ހަފްތާއަކު 4 ދަތުރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މޯލްޑިވިއަނުން މިހާރު ހޯރަފުއްޓަށް ބާއްވަމުންދަނީ ހަފްތާއަކު 3 ދަތުރެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ، ބުދަ އަދި ހުކުރު ދުވަހުއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ޚިދުމަތް ދެމުން އަންނަ އެއަރޕޯޓްކަމަށްވާ ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް ފެށީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ވަނީ މި އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ބާއްވަންވެސް ފަށާފައެވެ.