ޚަބަރު

ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުންޖަހާލުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި


  • ލޯންޗު ދަތުރުކުރަމުންދިޔައީ ކުޅުދުއްފުށިން ށ. މިލަންދޫއަށް

  • ޙާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 22:23 ހާއިރު

ށ. ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުޖަހާލުމާގުޅިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މި ޑިންގީއަކީ ހދ. ކުޅުދުއްފުށިން ފުރައިގެން ށ. މިލަންދޫއަށް ދަތުރުކުރަމުންދިޔަ ޑިންގީއެއްކަމަށެވެ. އަދި ޑިންގީ ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 22:23 ހާއިރުކަމަށެވެ. ޙާދިސާ ހިނގިވަގުތު ޑިންގީއިން ދަތުކުރީ ކިތައް މީހުންނެއްކަމެއް އަދި ސާފެއްނުވެއެވެ.

ށ.ފޯކައިދޫ ކައިރިން ބަންޑުން ޖަހާލުމާގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާކަމަށް އެމް.އެން.ޑީއެފްއިން ވިދާޅުވެއެވެ. ނަމަވެސް މި ޙާދިސާއާބެހޭ އިތުރު ތަފްޞީލެއް އަދި ދެއްވާފައެއްނުވެއެވެ.