ކުޅިވަރު

ފަހު ވަގުތު ބާންލީ ބަލިކޮށް ވިލާ ދެވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ބާންލީ ބަލިކޮށް ތާވަލުގެ ދެވަނައަށް އެސްޓަން ވިލާ ޖެހިލައިފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 2-3 ގެ ނަތީޖާއަކުންނެވެ.

މި ސީޒަނުގައި މޮޅު ކުޅުމެށް ދައްކަމުން އަންނަ ވިލާއިން ވަނީ ރޭގެ މެޗުގެ 28 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއޯން ބެއިލީއެވެ. އެކަމަކު މެޗުގެ 30 ވަނަ މިނެޓުގައި ޒެކީ އަމްޑޯނީ ވަނީ ބާންލީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި މެޗުގައި ވިލާއިން ދެވަނަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޫސާ ޑިއާބީއެވެ.

އޭގެ މި މެޗުގެ ދަވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ބާންލީގެ ސެންޑާ ބާޖަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެކަމަކު ކުޅުންތެރިއަކު މަދުކޮށް ކުޅެމުން އައި ބާންލީން ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލައިލް ފޮސްޓާއެވެ. މި މެޗުން ވިލާ މޮޅުވި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑަގްލަސް ލުއިޒްއެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ވިލާ ޖެހިލީ ކުޅުނު 20 މެޗުން ލިބުނު 42 ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި ބާންލީ އޮތ ތާވަލުގެ ފުލުން ދެވަނައިގައި 20 މެޗުން 11 ޕޮއިންޓާއެކުއެވެ.