ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަކުރާނަމަ ފިޔަވަޅު އަޅަނީ


  • މިއީ ރާއްޖޭގެ ޤާނޫނުތަކުންވެސް މަނާކަމެއް

  • ކްރިސްމަސް ފާހަގަކުރުމަށް ރަށްރަށުގައި ހަރަކާތްތައް ހިންގާނަމަ ފިޔަވަޅު އަޅަނީ

މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިސްމަސް ފާހަގަކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ކްރިސްމަސް ފާހަގަކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުން މަނާކަމެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކްރިސްމަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، މިފަދަ ހަރަކާތް ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ފުލުހުންވަނީ އައު އަހަރާއި ގުޅިގެން ކްރިސްޓިއަން ދީނުގައި ފާހަގަކުރަމުންދާ ދުވަހެއްކަމަށްވާ ކްރިސްމަސް ފާހަގަކުރުމަށްޓަކައި އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެކުރިންވެސް މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ހަރަކާތްތައް ހިންގައިގެން ފުލުހުން ފިޔަވަޅު އަޅާފައިވެއެވެ.