ޚަބަރު

އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި ޓީވީ ބަހައްޓާ ޚުޠުބާ ފެންނާނެގޮތް ހަމަޖައްސަނީ


  • ހަރުކުރަނީ 98 އިންޗި ބޮޑު ސްމާޓް ޓީވީ

  • ޓީވީ ހަދިޔާކުރަނީ ހެޔޮއެދޭ ފަރާތަކުން

  • އިޝާރާތުގެ ބަހުންވެސް ޚުޠުބާ ފެންނާނެ

އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއަކަށް އިމާމު މީހާ ފެންނަގޮތަށް ސްމާރޓް ޓީވީ ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާތަކަށް ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތަށް ހުރިހ ފަންގިފިލާ އެއްގައި 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރާ ގޮތަށް ނިންމަވާފައިވާކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، ޓީވީ ހަދިޔާކުރަނީ ހެޔޮއެދޭ ފަރާތަކުން ކަމަށެވެ. ވަޒީރު ވިދާޅުވީ، ޚުޠުބާ ކިޔާ ވަގުތު އިމާމު މީހާ ފެންނަން ހުރުމަކީ ޝައުގުވެރިކަން ބޮޑުވެ، ޚުޠުބާ އަޑުއަހަން އިތުރު ސަމާލުކަން ދޭނެކަމެއްކަމަށެވެ.

މިޓީވީތަކުން އިޝާރާތުގެ ބަހުން ސްކްރީނުން ފެންނާނެކަމަށާއި، މިއާއިއެކު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ޚުޠުބާ ބުނެދެވޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.