ޚަބަރު

"އެމިޑަން ސަސްޕެންޝަން" ނަމަކަށް ކިޔާ ހޮޑު ބޭހެއް ވިއްކުން މަނާކޮށްފި


  • ބޭސް މަނާކުރީ ކެމިކަލް އެކުލެވިގެންވާތީ

  • މިއަދުނެ ފެށިގެން މިބޭސް އެތެރެ ނުކުރެވޭނެ

  • އެތެރެކޮށްފައިވާ ބޭސްތައް ނައްތާލުމަށް ވަނީ އަންގާފައި

"އެމިޑަން ސަސްޕެންޝަން" ނަމަކަށް ކިޔާ ހޮޑު ބޭހެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، އެބޭސް މަނާކުރީ، އެބޭހުން ނުރައްކާތެރި ކެމިކަލްގެ މާއްދާތަކެއް ފެނިފައިވާތީކަމަށެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ ރާއްޖެއަށް އެތެރެކުރަމުންދާ މިބޭހުގައި ޑައިއީތައިލިން ގްލަައިކޯލް އަދި އިތައިލީން ގްލައިކޯލް ނަމަކަށް ކިޔާ ނުރައްކާތެރި ކެމިކަލެއް ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އަންގާފައިވާކަމަށެވެ.

އެހެންކަމުން މިބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކުރައްވައެވެ.

އެމްއެފްޑީއޭއިން ދާދިފަހުން ވަނީ، ކެއްސުމާއި، ހުމާއި ރޯގާއަށްދޭ ބޭސްތަކެއްވެސް ރާއްޖެ އެތެރެކުރުމާ ވިއްކުން މަނާކޮށްފައެވެ.