އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދައތުރުގޮސް އުޅުނު ޒުވަނަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޢުމުރުން 29 އަހަރުގެ ދިވެހި ފިރެހެނެކެވެ.
ފުލުހުން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅުރަށެއްކަމަށްވާ އެއްރުއްހެރާއަށް ދަތުރުގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑުގެ އެހީތެރިކަމާއިއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު 12:55 އެހާކަންހާއިރު ލިބިފައިވާކަމަށެވެ.
މި މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.