ޚަބަރު

ދިވެހިފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ ޙަރަކާތްތައް ފަށައިފި


ދިވެހިފުލުހުންގެ 83 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައްފައްޓަވައިފިއެވެ.

 އަހަރީދުވަހުގެ މުނާސަބާ ފެއްޓުމުގެ ގޮތުން މިރޭ ވަނީ ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މިރޭ ބާރަ ގަޑި ސުންމިނިޓްގައި ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމްބިލްޑިންގ ކުރިމަތީގައި ބޭއްވި މި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރެވެ.

 މިރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާ ގުޅޭގޮތުންޚާއްޞަ ދުޢާއެއްކޮށްފައިވެއެވެ.