ޚަބަރު

ލޯންޗެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ


  • ލޯންޗްގައި ޖެހުނީ އެމީހާ ދަގަނޑު ޖަހައިގެން މަސްހިފަން ފަޅުތެރޭގައި އުޅެނިކޮށް

  • ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާކަމަށް މަޢުލޫމާތުލިބޭ

ދަގަނގަޑު ޖަހައިގެން މަސް ހިފަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި، އެމީހާ ނިޔާވެއްޖެއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ގއ. ގެމަނަފުށީގައެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ޢުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ދަގަނޑު ޖަހައިގެން މަސްހިފަން މޫދަށް އެރި އުޅެނިކޮށް ގެމަނަފުށީ ފަޅަށް ވަންނަން އައި ލޯންޗެއްގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.