ދުނިޔެ

ކޮންގޯގެ ރައީސް ރިޔާސީ އާ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި


ކޮންގޯގެ ރައީސް ޑެނިސް ސާސޫ، ރިޔާސީ އާ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ.

ކޮންގޯގެ ދާޚިލީ ވުޒާރާއިން ބުނީ އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުގެ ފަސްފޮޅަސް އިންސައްތަ ކާމިޔާބު ކުރައްވައިގެން ރައީސް ސާސޫ، ފަސްއަހަރުގެ ރިޔާސީ އިތުރު ދައުރަކަށް އިންތިޚާބު ވެޑައިގެންފިކަމަށެވެ. ކޮންގޯގެ އިދިކޮޅު ފަރާތްތަކުންވަނީ އިންތިޚާބުގެ ވޯޓުތައް އޮޅުވާލައި މަކަރު ހެދިކަމުގެ ތުހުމަތު ރައީސް ސާސޫގެ މައްޗަށް ކޮށްފައެވެ. ނަމަވެސް ކޮންގޯގެ ދާޚިލީ ވަޒީރު ވިދާޅުވީ އެއީ އަސާސެއްނެތް ވާހަކަތަކެއްކަމަށެވެ.

ކޮންގޯގެ ރައީސް ޑެނިސް ސާސޫ، އަކީ ނަވާރަސަތޭކަ ހަތްދިހަ ނުވަވަނަ އަހަރުން ފެށިގެން އެގައުމުގައި ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.