ޚަބަރު

އެއްޗެއް ގޮވައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންދަނީ


  • ސިލިންޑަރެއް ގޮވާ އަނިޔާވީ 37 އަހަރުގެ މީހަކަށް

  • އަނިޔާވީ އެއަރޕޯޓުގެ މުވައްޒަފުންނަށް

  • 4 މީހަކަށް އަނިޔާވި

  • ސީރިއަސް އަނިޔާތަކެއްވި މީހާއަށް ފަރުވާދެނީ އައިސީޔޫގައި

ކުޅުދުއްފުށީ އެއަރޕޯޓުގައި ގޭސް ސިލިންޑަރެއް ގޮވައި ސީރިއަސް އަނިޔާ ލިބުނު މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާއިލާއިންބުނެފިއެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގައި، ފަޔަރ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވާ، 4 މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެތެރެއިން 37 އަހަރުގެ ފިރިހެނަކަށްވަނީ ސީރިއަސް އަނިޔާތަކެއްވެފައެވެ. އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްިޓަލުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ، އޭނާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށެވެ. ސީރިއަސް އަނިޔާ ލިބުނު މީހާގެ އާއިލާއިން ބުނީ، އޭނާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އާއިލާއިންވެސް އަދި ހޮސްޕިޓަލުންވެސް ދީފައެއް ނުވެއެވެ.

ކުޅުދުއްފުށީ އެއަރޕޯތުގައި ފަޔަރ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި 4 މީހަކަށް އަނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހާދިސާ ހިނގީ ސިލިންޑަރު ރީފިލްކުރަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި އަނިޔާލިބުނު އަނެއް ތިން މީހުން ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ.