ޚަބަރު

ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ވިއްސާރަކުރާނެ: މެޓު


  • އުތުރާއި މެދު ރާއްޖެއަށް މޫސުން ގޯސްވާނެ

  • ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދު

  • ކުރިއަތް މިއޮތް ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ

ކުރިއަތް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤާއުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދަނީ ހުޅަނދު މޫސުމުގެ ވިއްސާރަކަމަށެވެ. މިގޮތުން ކުރިއަށ ްއޮތް ސައުވިސް ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށާއި، ވިލާގަނޑުގައި ވައި ގަދަވާނެކަމަށެވެ.

މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށްވެސް ވާއިޖެހޭނީ 5 މޭލާއި 15 މޭލުގެ ބާރުމިނުގައިކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދުގެ ވައި މަޑުވުމާއި ގުޅިގެން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ. މެޓް އޮފީހުން ވިދާޅުވީ ކުރިއަތް މިއޮތް ހަފްތާ ބަނދުގައި، ހާއްސަކޮން އުތުރާއި މެދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށެވެ.

މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އެވްރެޖްކޮން ރަނގަޅު ވާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.