ޚަބަރު

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާނަމަ އަޅުގަނޑުގެ ސަރުކާރެއްގައި އެމީހަކު ބޭރުކުރާނަން: ޑރ. މުޢިއްޒު


  • ޑރ މުއިއްޒު މިހެން ވިދާޅުވީ ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން

  • ސަރުކާރުގެ ބާރާ ނުފޫޒުން ޝަރުއީ ދާއިރާ އޮތީ ފެއިލްވެފައި

  • އެކަން ހަމަމަގަށް އަޅުއްވައި އިންސާާފުވެރި ޝަރުއީ ދާއިރާއެއް މި ރާއްޖޭގައި ޤާއިމްކޮށްދޭންނަ

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ މިނިވަން އަދުލުވެރި އިންސާފުވެރި ނިޒާމަކަށް ހައްދަވާނެކަމަށާ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޝަރުއީ ނިޒާމަށް ބާރު ފޯރުވާ މީހަކު ހުރިނަމަ ސަރުކާރުން ވަކިކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، ގަލޮޅު ކަންމަތީގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކޮށްލެވުމަށް ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ބާރާ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް މީހަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ނުދެއްވާނެކަމަށެވެ. އަދި އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ޝަރީއަތުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރާނެކަމަށާ އަދި ފޯރުވުމުގެ ފުރުޞަތެއްވެސް ނުދެއްވާނެކަަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަހަލަކަމެއް ކުރާއެއްވެސް މީހަކު އެއްވެސް މަޤާމެއްގައި ހުރެއްޖެނަމަ އެކަން އެނގޭ ހިސާބުން އެމީހަކު ސަރުކާރު ތެރެއިން ބޭރު ކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މިޤައުމުގު އިންސާފުވެރިކަން އޮތީ ގެއްލިފައި، ޖުޑީޝިއަރީ އޮތީ ފެއިލްވެފަައި، އަޅުގަނޑުގެ ސަރުކާރެއްގައި ޝަރުއީ ދާއިރާ ޖުޑީޝިއަރީ ވާނީ ހަޤީޤީ މާނައިގައި މިނިވަން ތަނަކަށް. މިޤައުމަށް މިނިވަންކަމާ ހަމަޖެހުންގެންނަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ގަލޮޅު ކަންމަތީގައި ބޭއްވި މި ޖަލްސާގައި އެމްއާރުއެމްގެ ލީޑަރޝިޕްގައި މަސައްކަތް ކުރެއްވި ގިނަ ބަޔަކުވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު މިއަދު ގަލޮޅުގައި ޑޯޓުޑޯގެ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.