ވިޔަފާރި

ދިރާގުން ހއ.ދިއްދޫގައި 4 ޖީގެ ހިދުމަތް ދޭން ފަށައިފި


ދިރާގުން ހއ.ދިއްދޫގައި 4 ޖީގެ ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ އެކުންފުނީގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. ދިއްދޫއަށް 4 ޖީގެ ޙިދުމަތް ތަޢާރަފް ކުރުމާއިއެކު ރާއްޖޭގެ އާބާދީގެ 56 އިންސައްތައަށް 4 ޖީގެ ޚިދުމަތް ފޯރުކޮށްދެވިފައި ވާކަމާށް އެކުންފުނިން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/14584271501013.jpg|ދިއްދުއަށް 4ޖީ ޚިދުމަތް ތަޢާރަފް ކުރުން - ފޮޓޯ: ދިރާގު

މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު ގިނަ ރަށްތަކަކަށް 4ޖީގެ ހިދުމަތް ތައާރަފް ކުރާނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. އެ ކުންފުނިން ގެންދަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަކަށް 3 ޖީގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.