ވިޔަފާރި

ސުޒުކީ އިންޖީނާއި ބެހޭ ސިލްސިލާ ތަމްރީން ޕްރޮގްރާމެއް ފަށައިފި


ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތުކޮށް ބަލަހައްޓާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދޭ ސިލްސިލާ ތަމްރީނު ޕްރޮގުރާމެއް އެމްޓީސީސީން ފަށައިފިއެވެ.

މިގޮތުން ކުރިއަށްގެންދާ ފުރަތަމަ ތަމްރީން ބާއްވާފައި ވަނީ މިއަދު ށ. ފުނަދޫ ޒުވާނުންގެ މަރުކަޒުގައެވެ. މި ތަމްރީން ޕްރޮގުރާމްގެ މަޤްސަދަކީ، ސުޒުކީ އައުޓްބޯޑު އިންޖީނު ގެންގުޅޭ ފަރާތްތަކުން، އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް އަމިއްލައަށް ދެނެގަނެ އެ ކަންތައްތަކަށް އަހުލުވެރި ކުރުވުން ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

img:http://s4.psmnews.mv/images/660x400/14584035585120.jpg|ތަމްރީން ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ށ. އަތޮޅުގައި ކުރިއަށް ގެންދިޔަ ތަމްރީންގައި އެއަތޮޅު 7 ރަށަކުން 45 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި ތަމްރީން ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީއަކީ ސުޒުކީ އައުޓްބޯޑް އިންޖީނު ރާއްޖެއެތެރެކޮށް ވިއްކާ ރާއްޖޭގެ އޮތޮރައިޒްޑް އޭޖެންޓެވެ.