ޚަބަރު

މާލެއިން ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަނީ


  • ގެއްލިގެން ހޯދަނީ 35 އަހަރުގެ ޒުވާނެއް

  • އެންމެފަހުން ލައިގެން ހުރީ އަޅި ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއް

  • އެންމެފަހުން ފެނުނީ 31 އޮގަސްޓްގެ ދުވަހުގެ ރޭ 11 ޖަހާ އެހާކަންހާއިރު

މާލެއިން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް މަސައްކަތް ފުލުހުން ފަށައިފި. ގެއްލިގެން ހޯދަމުން ދަނީ މއ.ލެއްގި އުމުރުން 35 އަހަރުގެ ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓޫ ކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 7 ޖަހާ އެހާކަށްހާއިރުއެވެ.

އޭނާ އެންމެފަހުން ފެނިފައިވަނީ އޮގަސްޓް 31 ވަނަ ދުވަހުގެ ރޭ 11 ޖަހާ އެހާކަންހާއިރު ކަމަށް ޢާއިލާއިން ފުލުހުންނަށްވަނީ މަޢުލޫމާތުދީފައވެ. އެންމެ ފަހުން ފެނުނު އިރު، ލައިގެން ހުރީ އަޅިކުލައިގެ ގަމީހަކާއި، ކަޅު ކުލައިގެ ޖިންސެއްކަމަށްވެސް ޢާއިލާއިން ފުލުހުންނަށްވަނީ މަޢުލޫމާތު ދީފައެވެ.

ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަމްބަރު 3322111 އަށް ގުޅުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.