މއ، ވެގާ ޕޮއޮންޓް ފިހާރާގައި ރޯވެ އަނދާ ހުލިވެއްޖެއެވެ. އެތަނުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯކްލޮށްފައެވެ. އެހެންނަމަވެސް އަލިފާން ގަނޑު އަދިވެސް އެއްކޮށް ނިވާ ނުލެވޭކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ވިދާޅުވެއެވެ
އެމްއެންޑީއެފުން ވިދާޅުވީ މި އަލިފާނުގެ ހާދިސާ އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 04:37 ހާއިރުކަމަށެވެ. އަދި މިޙާދިސާގައި މީހަކަށް ހާނީއްކައެއް ލިބުނުކަމުގެ މަޢުލޫމާތެއް މިހާތަނަށް އަދި ލިބިފައި ނުވާކަމަށެވެ. އެހެންނަމަވެސް ބައެއް މިހުން އެމްބިއުލާންސްގައި ގެންދިޔަ މަންޒަރު ޕީއެސްއެމްގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ ދުމުގެ އަސަރުކޮށްގެން އަނބުރައިގަތުންފަދަ ބައެއް ކަންކަން ދިމާވެގެން ގެންދިޔަ މީހުންނެވެ. އެއްވެސް މީހަކަށް އަލިފާނުގެ ސީދާ އަސަރުކޮށްގެން ހާނީއްކައެއް ވީކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
މިޙާދިސާގެ ސަބަބުން އެސަރަޙައްދުގެ ބައެއް ގޭގެއަށްވެސް ވަރަށްބޮޑަށް ދުމުގެ އަސަރުކޮށްފައިވެއެވެ. އަދި އެސަރަހައްދުގައި ޕާކުކޮށްފައިވާ ބައެއް ސައިކަލްތަކަސް ވަނީ ގެއްލުންވެ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މުދަލާއެކު ފިހާރަ އެއްކޮށް ވަނީ އަނދާފައެވެ. އަދި އެސަރަޙައްދުގައި ހުރި 15 ވަރަކަށް ސައިލްވަނީ އަނދާފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނީ ފިހާރާގައި އަލިފާން ރޯވެ އެތަނުގައި ހުރި ބައެއް ތަކެތި ގޮވާ އަޑު އިވުނުކަމަށެވެ، އަދި ސަރަހައްދުގައި އުޅޭ ބައެއް ޒުވާނުން ނުކުމެ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ދުރަށް ޖައްސާ ގޭގެއިން މީހުންނަށް ގޮވާ ގެތަކުން މީހުން ނެރުނު ކަމަށެވެ.
މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވީނަމަވެސް އަދިވެސް ވެގާ ޕޮއިންޓު ފިހާރައިން ދުންއަރަމުންދެއެވެ.