ޚަބަރު

ފަށާފައި ހުރި މަޝްރޫޢުތައް ހުއްޓާނުލައި ބާރަށް ކުރިއަށްގެންގޮސް ނިންމާނަން: ޑރ މުޢިއްޒު

  • މުޢިއްޒު ވަނީ މަޝްރޫއުތައް އަވަސްކުރައްވާނެކަމަށް ވިދާޅުވެފަ

  • މަތިވެރި ފަޅު ހިއްކާ އެއަރޕޯޓެއް ތަރައްޤީކުރައްވާނެކަމަށް

ރާއްޖޭގައި ފަށާފައި ހުރި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހުއްޓާ ނުލާ ބާރަށް ކުރިއަށްގެންގޮސް ނިންމަވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު މަތިވެރިއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވަނީމިސަރުކާރުން ފަށާފައި ހުރި ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަަސައްކަތްތައް ހުރީ ހުއްޓިފައިކަމަށް ވިދާޅުވެފައެވެ. އަދި އެ މަޝްރޫއުތައް ހުއްޓިފައި އޮންނައޮތުން ނިމުމަކަށް ގެނަސް، ބާރު ދުވެލީގައި މަސައްކަތްތައް ނިންމާ ރައްޔިތުންނަށް އޭގެ ޚިދުމަތް ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، ތަރައްޤީގެންނަވާނީ ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންނާ ގުޅިގެންކަމަށާއި، މިހާރު ސޮއިކޮށްފައި ހުރި މަޝްރޫއުތައްވެސް އވަހަށް ފަށްޓަވާނެކަމަށެވެ.

"މިފަސްއަހަރު މަސައްކަތްތައް އޮތީ ހުއްޓިފައި. ކުރިއަށް އޮތް ފަސްއަހަރު އެ މަޝްރޫތަކާ ޕީއެންސީގެ ސަރުކާރުން މި ރަށްރަށުގައި ފަށާ މަޝްރޫއުތައް ވެސް ނިންމާނަން، އެކަމާ ރައްޔިތުން ޝައްކު ނުކުރައްވާ. އަޅުގަނޑުމެން މިއަންނަނީ ރައްޔިތުން ބޭނުންވާ ތަަރައްޤީ ގެންނަން. ހުރިހާ ރަށެއްގައި ފެށުމަށް އަދި ފަށާފައި ހުރި މަސައްކަތްތައް ނިންމާލަދޭނެނަން" ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މަތިވެރީގައި ބޭއްވި މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، މަތިވެރި ފަޅު ހިއްކައި އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި ބޯހިޔާވަހިކަމާ އިޤްތިސާދީ މަސައްކަތަކަތްތައް މިރަށުގައިވެސް ކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މަތިވެރިއަށްފަހު ރަސްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ރަސްދޫ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދެއްވާމ ސިއްޙީ ނިޒާމްގެ ޚިދުމަތް ފުޅާކޮށް، އެރަށުގެ ފަޅު ހިއްކައިގެން އިޤްތިސާދީ މަސައްކަތްތަކަށާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދެއްވާނެކަމަށްވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.