ޚަބަރު

ސްޓެލްކޯއިން މަންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭން ފަށައިފި


  • ފެނާއި ނަރުދަމާ ޚިދުމަތް ފަށްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ

  • ފެނުގެ ޚިދުމަތަށް އެދުނު ކޮންމެ ފަރާތަކަށް 1 ޓަނުގެ ފެން ހިލޭ

ސްޓެލްކޯއިން އދ. މަންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭން ފަށައިފިއެވެ. އެރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފެވެ.

މަންދޫގައި ފެނާއި ނަރުދަމާ ޚިދުމަތް ފެށުމާއެކު، އެރަށުގައި ފެނުގެ ޚިދުމަތް ހޯދަން އެދިފައިވާ ކޮންމެ ފަރާތަކަށް، އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.


މީގެ އިތުރުން އދ. ދަނގެތީގައި 2018 ވަނަ އަހަރު ޤާއިމުކުރި ފެނުގެ ނިޒާމްގެ ވިއުގަ ޚިދުމަތް ނުދެވޭ ހާލަތުގައި އޮތުމާއި ގުޅިގެން ސްޓެލްކޯއިން ވަނީ ދަނގެތީގައި ފެނުގެ ނިޒާމުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

މި މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. އެހެންނަމަވެސް އަމާޒަކީ 3 މަސް ދުވަހުގެތެރޭ އެ މަސައްކަތް ނިންމާ ދަނގެތީގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ދިނުންކަމަށް ސްޓެލްކޯއިން ބުނެއެވެ.