ކުޅިވަރު

އައިއޯއައިޖީ 2023: ސްވިމިން ޓީމުން ޤައުމީ ތިން ރިކޯޑެއް ހަދައިފި


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ސްވިމިން ޓީމުން މިއަދު ޤައުމީ ތިން ރިކޯޑެއް ހަދައިފިއެވެ.

އައިއޯއައިޖީގެ ސްވިމިން އިވެންޓްތައް މިއަދު ފަށާފައިވާ އިރު، ފުރަތަމަ ހެނދުނު ކުރިއަށް ގެންގޮސްފައި ވަނީ ޕްރިލިމިނަރީ ބުރުގެ އިވެންޓްތަކެވެ. ޕްރިލިމިނަރީ ހީޓްތަކުން ކޮލިފައިވެ، ރާއްޖޭގެ އިބްރާހީމް މުބާލާއި ޒައިނަބު އަބްދުﷲ ޝަފީގުގެ އިތުރުން ރިހާން މުހައްމަދު ޝިހާމްވެސް ވަނީ ފައިނަލް ބުރުން ޖާގަ ހޯދައިފައެވެ. އަދި ޕްލިމިނަރީ ބުރުގައި މުބާލް ވަނީ 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑު ހަދާފައެވެ. އަދި ހަނާން ހުސައިން ހަލީމް ވަނީ އަންހެން 100 މީޓަރު ބަޓަފްލައި އިވެންޓްގައިވެސް ގައުމީ ރެކޯޑު ހަދައިފިއެވެ.

ހަނާން ރެކޯޑު ހެދި އިވެންޓްގައި އޭނާއާއެކު ތިން ފެތުންތެރިން ވާދަކޮށްފައިވާ އިރު، ފައިނަލްއަށް ކޮލިފައިވީ އެއްވަނައާއި ދެވަނައަށް ދިޔަ ފެތުންތެރިންނެވެ. ހަނާން ރެކޯޑު ހެދީ ހީޓް، އެއް މިނެޓް، 16.45 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މުބާލް ރެކޯޑު ހެދީ 200 މީޓަރު ފިރިހެން ފްރިސްޓައިލް އިވެންޓުގައެވެ. އެ ހީޓްގެ ހަވަނައަށް ނިންމާ މުބާލް ފައިނަލް ހީޓަށް ކޮލިފައިވެފައިވެސްވެފައިވާ އިރު، އޭނާ ހީޓްގެ ރޭސް ނިންމީ ދެ މިނެޓް، 11.57 ސިކުންތުންނެވެ.

ފައިނަލްއަށް ކޮލިފައިވި ޒައިނަބު އަންހެން 50 މީޓަރު ބްރެސްޓްސްޓްރޯކް ރޭސް ނިންމީ ހަތްވަނައިގައި، 37.46 ގެ ޓައިމިންއެއްގައެވެ. އަދި ދެން ފައިނަލް ހީޓަށް ކޮލިފައިވި ރިހާން 100 މީޓަރު ބަޓަފްލައި ރޭސް ނިންމީ އަށްވަނައިގައި، އެއް މިނެޓް، 5.96 ސިކުންތުންނެވެ.

ފައިނަލް ހީޓްތައް ހަވީރު ކުރިއަށް ގޮސްފައިވާ އިރު، މުބާލްއާއި ރިހާން އަދި ޒައިނަބަށްވެސް ރެކޯޑު އާކުރެވިފައެއް ނުވެއެވެ. އަންހެން ރިލޭ ފައިނަލާއި ފިރިހެން ރިލޭ ފައިނަލްވެސް މިއަދު ހަވީރު ކުރިއަށް ގެންގޮސްފައިވާ އިރު، އަންހެން ރިލޭ ޓީމުން ރޭސް ނިންމީ ހަތަރު މިނެޓް، 48.40 ސިކުންތާއެކުގައެވެ.

ފިރިހެން ރިލޭ ޓީމުން ގައުމީ ރެކޯޑު މުގުރާލާފައިވާ އިރު، އެޓީމުން ރޭސް ނިންމީ، ތިން މިނެޓް، 58.33 ސިކުންތުންނެވެ. ފިރިހެން ރިލޭ ޓީމުގެ ފައިނަލް ހީޓް ފުރަތަމަ ޑިސްކޮލިފިކޭޝަނަކަށް ދިޔަ ނަމަވެސް، ފަހުން އެ ނިންމުން ވަނީ އޯވަޓާން ކޮށްފައެވެ.