ޚަބަރު

އެންމެ އުތުރުގެ 3 ރަށް، އާރުޓީއެލް، ސަރުކާރުން ދިން އަގުހުރި ހަދިޔާއެއް


  • - އާރްޓީއެލް ފެށުމުން ރައްޔިތު މީހާގެ ފުދުންތެރިންކަން އިތުރުވާން ފަށައިފި

  • - މީ ސަރުކާރުން ދިން ބޮޑު ހަދިޔާއެއް

ރާއްޖޭގެ އެންމެ އުތުރުގައި އޮތް ހއ ތުރާކުނާ އުލިގަމުގެ އިތުރުން މޮޅަދޫ ރައްޔިތުންނަށް ސަރުކާރުން ދިން އެންމެ ފުރިހަމަ އެއް ޙިދުމަތަކީ އާރުޓީއެލް ސްޕީޑް ފެރީގެ ޙިދުމަތެވެ. މިތިން ރަށުގެ ރައްޔިތުންވެސް ބުނީ އާރުޓީއެލް ސްޕީޑް ފެރީގެ ޙިދުމަތަކީ މީގެ ކުރިން ދަތުރު ފަތުރަށް އެމީހުން ކުރި ހޭދަ ބޮޑު ތަނުން ކުޑަކޮށްދީ ވަގުތު ސަލާމަތްކޮށްދިން މުހިއްމު ޙިދުމަތެކެވެ.

ދަތުރު ފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަކީ އެމްޑީޕީގެ މުހިންމު އެއްސިޔާސަތެވެ. އެންމެ ފުރަތަމަ މިޙިދުމަތް ފެށީ ފެރީ ދޯނީގައެވެ. އެއީ އޭރަށް އެންމެ އެކަށޭނެ ގޮތްކަމަށްވިއެވެ. ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލުމުން ރަށް ރަށަށް ދަތުރު ކުރާ މީހުންގެ އަދަދު އިތުރުވެ މަދު ފައިސާ ކޮޅަކުން ދަތުރު ކުރެވޭނެ މުހިންމު ޙިދުމަތަކަށް އެޙިދުމަތް ވެގެންދިޔައެވެ. ވަކިން ހާއްސަކޮށް ބޭސްފަރުވާގެ ޙިދުމަތް ހޯދުމަށް ދަތުރަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވިއެވެ.

އެމްޑީގެ ދެވަނަ ވެރިކަމެއް އުފެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ މުހިންމު އިސްކަމެއް ދެއްވީ ރަށު ބަންދުން ރައްޔިތުން ވީލި ރަށާއި އަތޮޅު ގުޅާލުން ޒަމާނީ ފެންވަރަށް ބަދަލުކުރެއްވުމެވެ. އެއީ އަވަސް ރައްކާތެރި އަދި ރައްޔިތުން ބަލައި ގަންނަ އަގުހެޔޮ ޙިދުމަތަކަށް ހެއްދުމަށެވެ.

ސަރުކާރުގެ މި ސިޔާސަތާއެކު އެކަމަށް ބޭނުންވާ ޒަމާނީ ފެންވަރުގެ އުޅަނދުތައް ބަނދެ މުޅި ރާއްޖެ އެއް ނެޓްވާކަކުން ގުޅާލާ އާރުޓީއެލް ސްޕީޑް ފެރީގެ ޙިދުމަތް ފެށީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ފުރަތަމަވެސް ޙިދުމަތް ފެށީ ރާއްޖޭގެ އެންމެ އުތުރުން ހއ،ހދ،ށ މި ތިން އަތޮޅުގައެވެ.

މުޅި ރާއްޖެ ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލުމުގެ ބިޔަ މަޝްރޫގެ ޙިދުމަތް ދޭން ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެޙިދުމަތް ހޯދާ ރައްޔިތުން އެކަން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުއެވެ. ވަކިން ހާއްސަކޮށް އެންމެ އުތުރުގައި އޮންނަ ހއ ގެ ތިން ރަށް ކަމަށްވާ ތުރާކުނާ އުލިގަމާ މޮޅަދޫ ރައްޔިތުންނަށް މިޙިދުމަތަކީ މުހިންމު ޙިދުމަތެއްކަން ހާމަވަނީ ކައުންސިލްތަކާއި ރައްޔިތުންގެ އުފަލާއެކު ބުނާ ވާހަތަކުންނެވެ.

މި ތިން ރަށުގެ ކައުންސިލުންވެސް ފާހަގަކުރީ ދަތުރު ފަތުރުގެ މި ނިޒާމަކީ ތާ އަބަދައް އޮންނަން ޖެހޭނެ މުހިންމު ޙިދުމަތެއްގެ ގޮތުގައެވެ. އެއީ ރައްޔިތުން ދަތުރު ފަތުރު ކުރުމަށް ކުރަމުން އައި ހޭދަ ކުޑަކޮށްދިން ޙިދުމަތަކަށް އެކަން ވާތީއެވެ.

"މީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ކުރިއެރުން ގެނުވިކަމެއް، އަތޮޅުގެ އެހެން ރަށްތަކާ ވަކިން އޮންނަ މިރަށްތަކުގެ މީޙުންވެސް ރަށުގައި ބަންދުވެފައި ތިބެން ޖެހޭ ޖެހުން ނިމުންގެނުވި މުހިންމު މަސައްކަތެއް، އަދި އެއީ ރައްޔިތު މީހާ ދަތުރު ފަތުރު ކުރުމަށް މީގެ ކުރިން ކުރަމުން އައި ހޭދަ ވަރަށް ބޮޑަށް ކުޑަވެ ރައްޔިތުންގެ ފުދުންތެރިކަން މިވަނީ އިތުރުވެފައި" ކައުންސިލްތަކުން ފާހަގަކުރިއެވެ.

ހާހުން ކުރި ދަތުރު ސަތޭކައަށް

މި ތިންރަށަކީ ރަށުގައި ދިރިއުޅޭ އާބާދީ މަދުވުމުގެ ސަބަބުން އެންމެ މުހިންމު ޙިދުމަތްތައް އެންމެ ފުރިހަމައަށް ލިބޭ ރަށްތަކެއް ނޫނެވެ. ހާއްސަކޮށް ސިއްޙީ ހިދުމަތްތަކެވެ. ކިތަންމެ ކުޑަކަމެއް ވިޔަސް މީގެކުރިން ޑޮކްޓަރަށް ދެއްކުމަށް އެންމެ ކައިރިން އޮންނަ ދިއްދޫއަށް ދާން މަދުވެގެން 4000 ނުވަތަ 3000 ރުފިޔާ ޙަރަދު ކުރަން ޖެހެއެވެ.

ދިއްދޫ ހޮސްޕިޓަލުން ފަރުވާ ނުލިބިއްޖެނަމަ އަނެއް ދަތުރު ހަދާފައި އަނެއްކާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދަތުރުކުރަން 6000 ނުވަތަ 7000 ރުފިޔާ ޖީބުން ހޭދަކުރަންޖެހެއެވެ. އެހެންނަމަވެސް އެ ހާލަތާއި ހަރަދު ބަދަލުކޮށްލީ ސަރުކާރުގެ ފެރީ ނިޒާމެވެ. މިހާރޫ ކުރިން ހާހުން ކުރި ދަތުރުތައް އެއަށްވުރެ އަވަސްކޮށް ކުރަނީ 130 ވަރަކަށް ރުފިޔާ ޖީބުން ހޭދަކޮށްގެންނެވެ.

މިތިންރަށުގެ ރައްޔިތުންވެސް ބުނަނީ މިހާރު އެދުވަސްތައް މާޒީއަށް ގޮސް އަގުހެޔޮ އާރުޓީއެލް ސްޕީޑް ފެރީގެ ޙިދުމަތާއެކު ރައްޔިތުން ކުރަމުން އައި ބޮޑު ހޭދަތައް ނިމުމަކަށް އައިސްފައިވާކަމަށެވެ.

"މީ ވަރަށް ބޭނުންތެރި ޙިދުމަތެއް ފުދުންތެރިކަމާ ބޭސްފަރުވާ އަށް ކުރަމުން ހޭދަމިވަނި 7000 ރުފިޔާއިން 130 ރުފިޔާއަށް ބަދަލުވެފައި މީނޫންތޯ ތަރައްޤީއަކީ މީނޫންތޯ ރައްޔިތުން ބޭނުންވާނެ ގޮތަކީ ލިބޭ އާމްދަނީކޮޅު މިހާރު ރައްކުރެވުން އެއީ އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ އެންމެ މުހިންމު ކަންތައް އާރުޓީއެލް އާއެކު އެކަން ހާސިލުވަމުން އެބަދޭ" ރައްޔިތުން ފާހަގަ ކުރިއެވެ.

މި ފެރީތަކުން ދަތުރުކޮށް ރަށަށް ފައިބައިގެންދާއިރު އެންމެގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. އެއީ މިދެންނެވި މަދު ސަބަބުތަކާހުރެ ކުރިން އެމީހުން ދޯނީގައި ކުރަމުން އައި ދިގު ދަތުރު ނިންމާލަދިނީތީއެވެ. އަދި މީގެ ކުރިން އަވަސް ދަތުރެއް ބޭނުންނަމަ ކުރި ހޭދަ ބޮޑުވުމުންނެވެ. ހއ ގެ އަތޮޅުގެ މާދުރު ހިސާބެއްގައި އޮންނަ މި ތިންރަށުގެ ރައްޔިތުން ބުނަނީ މި ޙިދުމަތް ދެކެނީ ސަރުކާރުން އެމީހުންނަށް ދިން އެންމެ އަގުހުރި ހަދިޔާގެ ގޮތުގައެވެ. އަދި މިކަން އެމީހުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.