ޚަބަރު

ބަނޑިދޫ ފެނަކަ އޮފީހާއި އައުޓްޑޯ ޖިމާއި ވޮލީކޯޓް ހުޅުވައިފި


  • ދ. ބަނޑިދޫ ފެނަކަ އައު އޮފީސް ޢިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ

  • އައު އިމާރާތް ހުންނާނީ ރަށުގެ ބަނދަރު ސަރަހައްދުގައި

  • އެރަށު ޒުވާނުންނަށް ހާއްސަކޮށް ހަދާފައިވާ ވޮލީކޯޓުވެސް ވަނީ ހުޅުވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދ. ބަނޑިދޫ ފެނަކަ އައު އޮފީސް ޢިމާރާތާއި، އައުޓްޑޯ ޖިމާއި، ވޮލީކޯޓް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ތަންތަން ހުޅުއްވައިދެއްވީ، އެމަނިކުފާނު މިހާރު ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙް މިއަދު ހުޅުއްވައިދެއްވި، ދ. ބަނޑިދޫ ފެނަކަ އައު އޮފިސް ޢިމާރާތަކީ 30 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޖާގަ ތަނަވަސް ޢިމާރާތެކެވެ. އަދި، މި އޮފީސް ޢިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ ބަނދަރު ސަރަޙައްދުގައެވެ. ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިޙް ވަނީ އެރަށުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމާއި، ވޮލީކޯޓު ވެސް ހުޅުއްވައިދެއްވާފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.