ޚަބަރު

ހަތަރު ރަށެއްގެ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރަން އެމްޓީސީސީއާ ހަވާލުކުރައްވައިފި


  • ބިންހިއްކުމަށް ހަވާލުކުރީ ނ. މާފަރާ، ފ.ބިލެތްދޫ

  • ބަނދަރު މަރާމާތުކޮށް ބޮޑު ކުރަނީ ރ.މީދޫ އާއި ހިންނަވަރުގެ

  • މިމަސައްކަތް ފަށާނީ އީއައިއޭގެ މަސައްކަތް ނިމުމުން

ދެރަށެއްގެ ބިންހިކުމާ ދެރަށުގެ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ. އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ ނ.މާފަރާއި ފ.ބިލެތްދޫގެ ބިންހިކުމުގެ މަސައްކަތާއި، ޅ.ހިންނަވަރާއި ރ.މީދޫ ބަނދަރުހެދުމުގެ މަސައްކަތެވެ.

ބިން ހިއްކުމަށް އެކުންފުންޏާ ހަވާލުކުރެއްވި މަޝްރޫއުތަކުގެ ތެރެއިން ނ.މާފަރުގެ ބިމަށް 20.40 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި އެސަރަހައްދު ހިމާޔަތް ކުރުމަށް ރިވެޓްމަންޓްވެސް ޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މިރަށުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 91.45 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީއާއެކު ދެން ސޮއިކުރެއްވީ މިހާރުވެސް ބަނދަރުގެ މަސައްކަތް ކުރަމުން އަންނަ ޅ.ހިންނަވަރުގެ ބަނދަރުގެ މަސައްކަތަށް އިތުރު ކުރެވުނު މަސައްކަތްތަކެވެ.

ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް އިތުރުކުރެވުނު މަސައްކަތްތަކުގެ ދަށުނ،ް 244މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 51 މީޓަރުގެ މިހާރު ލާފައި ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުމާއ،ި 270 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވ.ެ މި މަޝްރޫޢަކީ 24.32 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ

ރ.މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކުރައްވާފައިވަނީ، 48.39 މިލިއަން ރުފިޔާއަށެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކުރައްވާފައިވަނީ 450 ދުވަހުގެ ތެރޭ ނިންމުމަށެވެ.

ފ.ބިލެތްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކުރެއްވީ 99.99 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިމަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫޤްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

އެމްޓީސީސީން ބުނީ މި ހަތަރު ރަށުގައިވެސް މަސައްކަތް ފަށާނީ އެންވަޔަރަންމަންޓް އިންޕެކްޓް އެސެސްމަންޓް އީއައިއޭގެ މަސައްކަތް ނިމުމުންކަމަށެވެ.