ޚަބަރު

ރޯގާ ފެތުރިގެން އުޅެނީ ކާނާއެއްގެ ސަބަބަކުން ނޫން: އެޗްޕީއޭަ


  • މިއީ ވައިރަސްއަކުން ފެތުރޭ ބައްޔެއް

  • މިދިޔަ 2 ހަފްތާއެއްހާ ދުވަހު ހޮޑުލުމާއި ބޭރަށް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައި

  • މިއީ ކާނާއަކުން ދިމާވި ކަމެއް ނޫން

މާލޭގައި ކުއްލިއަކަށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރިގެން އުޅެނީ ކާނާއެއްގެ ސަބަބުން ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައި މިވަނީ ހޮޑުލުމާއި ބޭރަށް ހިންގާތީ ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަމުންދަނީ އެ މީހުންނަށް ކެވުނު އެއްޗެއްގެ ސަބަބުންކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

އެޗްޕީއޭއިން ވިދާޅުވީ މި ރޯގާއަކީ ވައިރަސްއެއްގެ ސަަބަބުން ފެތުރެމުންދާ ރޯގާއެއްކަން މިހާތަނަށް ހެދި ޓެސްޓްތަކުން ދައްކާކަމަށެވެ. އަދި އެއީ ކާއެއްޗެއްގެ ސަބަބުން ފެތުރުނު ރޯގާއެއްކަން ހާމަވާ ހެއްކެއް ނެތްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހޮޑުލުމާއި ބޭރަށް ހިންގުމުން ފެތުރޭ ސަބަބުތައް ހޯދަން އިތުރު ދިރާސާތައްވެސް ކުރިއަށްގެންދާކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ މިދިޔަ 2 ހަފްތާއެއްހާ ދުވަހު ހޮޑުލުމާއި ބޭރަށް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި މިއީ އެހެން އަހަރުތަކުގެވެސް ޗުއްޓީ ދުވަސްވަރު ދިމާވާކަމެއްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހޮޑުލުމާއި ބޭރަށް ހިންގާތީ ގިނަ ބަޔަކު މާލެ ސަރަހައްދުން ޑޮކްޓަރަށް ދައްކާފައިވާއިރު، އޭގެތެރޭގައި ގިނައީ 12 އަަހަރުގެ ކުދިންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.