މިނިވަން ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން އުފާ ކާނިވާ" ހުޅުވުން ފަސްކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީން އިންތިޒާމް ކުރައްވާ "މިނިވަން އުފާ ކާނިވާ" ހުޅުވުމަށް އޮތީ މިރޭ 8:30 ގައެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ މިނިވަން އުފާ ކާނިވާ ހުޅުވުން ފަސްކުރީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީންކަމަށެވެ. އަދި ކާނިވާ ހުޅުވާނެ ތާރީޚެއް ފަހުން އިއުލާން ކުރެވޭނެކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
މިނިވަން އުފާ ކާނިވަލަކީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިިމެނޭ ފެސްޓިވަލެއް ގޮތަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަރަކާތްކަމަށް ހޯމް މިނިސްޓްރީއާއި އެޗްޑީސީން ބުނެއެވެ.
މިނިވަން އުފާ ކާނިވާގެ އިތުުރުން، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ހަވާ އެރުވުމުގެ ހަރަކާތްވެސް ވަނީ ކެންސަލްކޮށްފައެވެ.