ރިޕޯޓް

މިއަދަކީ އުފާވެރި އަޟްޙާ ޢީދު ދުވަސް، ޢީދު މުބާރަކް!


  • ޢީދާއި ދިމާކޮށް ދިވެހީން ހިފަހައްޓަމުން އަންނަ އަސާސްތައް

  • ދިވެހީންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން އާލާ ކުރުމުގެ އަސާސް

  • ދިވެހީން ޒަމާނުންސުރެން ޢީދާއި ދިމާކޮށް ކުޅެމުން އަންނަ ކުޅިވަރުތައް ދިރުވުން

މިއަދަކީ މި އަހަރުގެ އުފާވެރި އަޟްޙާ ޢީދު ދުވަހެވެ. އަޟްޙާ ޢީދަކީ ކޮންމެ އަހަރެއްގެވެސް، ޙައްޖުގެ މަތިވެރި އަޅުކަމާއި ގުޅިގެން މުސްލިމުން ފާހަގަކުރާ ވަރަށް ބޮޑު މުނާސަބަތެކެވެ. އަޟްޙާ ޢީދު ދުވަހު، ޒަމާނުންސުރެންވެސް، ދިވެހީން ހިފަހައްޓަމުން އަންނަ ވަރަށް ބައިވަރު އަސާސްތަކެއް ހުރެއެވެ. އެގޮތުން އެއް އަސާސަކީ ދިވެހިންގެ ގުޅުންތެރިކަމާއި އެއްބައިވަންތަކަން ހިފެހެއްޓުމެވެ.

އަޟްޙާ ޢީދު ދުވަހު، މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކޮށް ދިރުވުމަކީ، މިކަހަލަ ދުވަހެއްގައި ކޮންމެ މުސްލިމަކުވެސް ޚާއްސަ ސަމާލުކަމެއްދީގެން ކުރަންޖެހޭ ކަމެކެވެ. އެހެނީ އެއްބައިވަންތަކަމާއި، އެކުވެރިކަމަކީ މުސްލިމް އުންމަތެއް އެކަތިގަނޑަކަށްވުމުގެ އެންމެ ބޮޑު ބާރެވެ. މިކަމުގެ އެންމެ ރީތި މިސާލު ދައްކާފައިވަނީ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ކާބަފައިންނެވެ.

އިހު އުޅުނު ދިވެހިންނަކީ އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާ ދައްކަވާފައިވާ ބައެކެވެ. އަދި ވަކިން ޚާއްސަކޮށް، އަޟްޙާ ޢީދު ނުވަތަ ބޮޑު ޢީދާއި ދިމާކޮށް، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށް، އެކަކު އަނެކަކާއި ބައްދަލުކޮށް، ހިނިތުންވުމާއިއެކު ސަލާން ގަލާން ކުރުމަކީ އޭރުގެ ދިވެހި ކާބަފައިން ކޮށް އުޅުނު ކަމެކެވެ. މިހާރުވެސް، އަޅުގަނޑުމެން ދިވެހިންނަކީ މި މިންގަނޑުތައް ހިފަހައްޓަމުން އަންނަ ބައެކެވެ. އެހެނީ، ޒަމާނުންސުރެންވެސް ދިވެހިންގެ އެއްބައިވަންތަކަން ހިފެހެއްޓުންވެފައި އޮންނަނީ އަޟްޙާ ޢީދުގެ އެންމެ ބޮޑު އެއް އަސާސްގެ ގޮތުގައެވެ.

އަޟްޙާ ޢީދުގެ އެންމެ ބޮޑު އަނެއް އަސާސަކީ ދިވެހީން ޢީދުގެ ދުވަސްވަރާއި ދިމާކޮށް، އުފާފާޅުކުރުމުގެ ގޮތުން ދިވެހީން، ކުޅެމުން އަންނަ އެކިކަހަލަ ކުޅިވަރުތަކެވެ. އެގޮތުން، ދިވެހި ސަޤާފަތުގެ ތެރޭގައި ހިމެނޭ އެތައް ކުޅިވަރެއް، ރާއްޖޭގެ އެކި ރަށްރަށުގައި، ކޮންމެ އަހަރެއްގެވެސް އަޟްޙާ ޢީދު ދުވަހާއި ދިމާކޮށް، ވަރަށް ހިންގުންތެރިކަމާއި، ޝައުގުވެރިކަމާއެކު ކުޅެއެވެ. އެގޮތުން، މަގުމަތި ދަނޑި ޖެހުމާއި، ކޯޑި ނެނގުމާއި، ދަފި ނެގުމާއި، އަދި ބޮޑުމަސް ކުޅުމަކީ ޙާއްސަކޮށް ބޮޑު ޢީދާއި ދިމާކޮށް ދިވެހީން ކުޅެ އުޅުނު ސަޤާފީ ކުޅިވަރުތަކެވެ.

އެހެންނަމަވެސް، މި ކުޅިވަރުތައް ކުޅޭއިރު އަޚުލާޤީ މިންގަނޑުތައް ހިފެހެއްޓުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް ވިސްނަންޖެހޭ ކަމެކެވެ. އަދި ވަކިން ޚާއްސަކޮށް، ޢީދާއި ދިމާކޮށް ފެންކުޅި ކުޅޭއިރު، މަގުމަތީގައި ހިނގާ ބިގާވެ އުޅޭ މީހުންނަށާއި، ދުއްވާ އުޅަނދުތަކަށް އުނދަގޫ ނުވާނޭހެން، ފެންކުޅި ކުޅުމަކީ އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. އެހެންކަމަށްވާނަމަ، އަޟްޙާ ޢީދާއި ދިމާކޮށް ޢީދުގެ މި އަސާސްގައި ހިފާ ކުޅޭއިރު، އަޚުލާޤީ މިންގަނޑުތައް ހިފެހެއްޓުމަކީ، މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެކެވެ.

އަޟްޙާ ޢީދަކީ މުސްލިމުންނަށް އަންނަ ވަރަށް ބޮޑު އަދި ވަރަށް އުފާވެރި އިޙްތިފާލެވެ. ޢީދުގައި އުފާފާޅުކޮށް، ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް މުސްލިމް އަޚުތަކުންގެ މެދުގައި ފެތުރުމަކީ، މިފަދަ ދުވަހެއްގައި އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރަށް އެންމެ ކުރީންސުރެންވެސް، ދިވެހީން ގެންގުޅެމުން ދިޔަ، ޢީދާއި ގުޅުންހުރި އަސާސްތައް ނެގެހެއްޓުމަކީވެސް އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭ ކަމެކެވެ.