ޚަބަރު

ލަވަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ޖޫނީއަށް، އެއްވަނަ ސްކޫލަކަށް ވީއައިއެޗްއެސް


  • މިފަހަރުގެ މުބާރާތުގައި 32 ސްކޫލަކުން 266 ދަރިވަރުން ވާދަކޮށްފައިވޭ

  • މުބާރާތުގައި 69 އަމިއްލަ ރާގެއް، މިއީ މިހާތަނަށް އެންމެ ގިނަ އަމިއްލަ ރާގު ގެނެސްދިން މުބާރާތް

  • މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށާއި، ސްކޫލަށް 15،000 ރުފިޔާއާއި އަގުހުރި އިނާމުތަކެއް

7 އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އިންޓަރ ސްކޫލް ލަވަ މުބާރާތުގެ މުޅި މުބާރާތުގެ އެއްވަނަ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު ޢާއިޝަތު ޖޫނީ ޖިނާހު ހޯދައިފިއެވެ. މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލެވެ.

އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގެ ނަތީޖާ ފާޅުކުރުމުގެ ޙަފްލާ ކުލަގަދަކޮށް ބާއްވާފައިވަނީ އޮލިމްޕަހުގައެވެ. އަހަރުތަކެއްގެ މެދުކެނޑުކަމަށްފަހު ބޭއްވި މިމުބާރާތުގެ މުޅި މުބާރާތުގެ އެއްވަނައަށް ހޮވިފައިވަނީ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު ޢާއިޝަތު ޖޫނީ ޖިނާހުއެވެ. އެއްވަނަ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި ޕީ.އެސް.އެމްއިން ދެއްވާ ފައިސާގެ އިނާމާއި ޓްރޮފީއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ދެއްވާ އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.

ސްކޫލްތަކުގެ މެދުގައި ވާދަވެރިކަމާއެކު ކުރިއަށްދިޔަ މިމުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލެވެ. އެންމެ މޮޅު ސްކޫލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި ޕީ.އެސް.އެމްއިން ދެއްވާ ފައިސާގެ އިނާމާއި ޓްރޮފީއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ދެއްވާ އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމެވެ.

މި މުބާރާތުގައި ފަނޑިޔާރުން ވަނީ 3 ދާއިރާއަކުން ދަރިވަރުންގެ ހުށައެޅުންތައް އިންސާފުކޮށްދެއްވާފައެވެ. އެއީ ކިޔުންތެރިކަމާއި، މިއުޒިކީ އުފެއްދުންތެރިކަމާއި، ޅެންވެރިކަމުގެ ބައެވެ. މިގޮތުން މި މުބާރާތުގައި ޅެންވެރިކަމުގެ ބައިން އެންމެ މޮޅު ޅެމަކަށް ހޮވިފައިވަނީ، ޢިމާދުއްދީން ސްކޫލްގެ ދަރިވަރު ޢުމަރު އާސިމް ޢަވަދް ބަދަވީގެ ޅެމެވެ. އަމިއްލަ ރާގުގެ ބައިން އެއްވަނައަށް ހޮވިފައިވަނީ، ޖަމާލުއްދީން ސްކޫލްގެ ޢައިޝަތު ޒަޔާ ޝަހީމް ހުށައަޅައިދީފައިވާ ލަވައެވެ.

މުބާރާތުގައި ވަކިވަކި ކެޓެގަރީތަކުން ވަނަތައް ހޯދި ދަރިވަރުން:

■ މުޅި މުބާރާތުން :

1 ވަނަ : ޢާއިޝަތު ޖޫނީ ޖިނާހު / ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
2 ވަނަ : ޢާއިޝަތު ޒަޔާ ޝަހީމް / ޖަމާލުއްދީން ސްކޫލް
3 ވަނަ : މަރިޔަމް ޚަލީސާ އަޙްމަދު / ކަލާފާނު ސްކޫލް

■ އެންމެ މޮޅު ސްކޫލް:

1 ވަނަ : ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
2 ވަނަ : ތިނަދޫ ސްކޫލް
3 ވަނަ : ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް

■ ފައުންޑޭޝަން ސްޓޭޖް:

1 ވަނަ : މަރްޔަމް އިވީ އާދަމް / މުޙައްމަދު ޤާސިމް ޕްރީސްކޫލް
2 ވަނަ : އީތަން އަޙްމަދު ޢާމިލު / ގދ. ތިނަދޫ އަބޫބަކުރު ސްކޫލް
3 ވަނަ : އިބާ މުޙައްމަދު އިބްރާހީމް / އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

■ 9 އަހަރުން ދަށް:

1 ވަނަ: ޒާޔާ މުޙައްމަދު ޢުމަރު / ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
2 ވަނަ: އާމިނަތު ޔުމީ އިޔާސް / އިމާދުއްދީން ސްކޫލް
3 ވަނަ: އާމިނަތު އީމާ ޝަމާލް / ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް

■ 11 އަހަރުން ދަށް:

1 ވަނަ: ޢާއިޝަތު އަލައިނާ އަނާން ޝަރީފް / ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
2 ވަނަ: ލީމް އަންޖަލް ޢަލީ / ޣާޒީ ސްކޫލް
3 ވަނަ: ޝިޔާޛު ޙުސައިން އަޙްމަދު / ރެހެންދި ސްކޫލް

■ 13 އަހަރުން ދަށް:

1 ވަނަ: ޒީކް އިބްރާހީމް ލުޠުފީ / ގދ. ތިނަދޫ އަބޫބަކުރު ސްކޫލް
2 ވަނަ: ފާޠިމަތު ޢިޒްވާ ޝަފީޤް / ކަލާފާނު ސްކޫލް
3 ވަނަ: ކައިނާ އަޙްމަދު ނާސިމް / ކަލާފާނު ސްކޫލް

■ 16 އަހަރުން ދަށް:

1 ވަނަ: ފާޠިމަތު ޢަލީޝާ ޝިޔާމް / ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
2 ވަނަ: ޢާއިޝަތު އައިލީން ނަދީމް / އިސްކަންދަރު ސްކޫލް
3 ވަނަ: ޢާއިޝަތު މަލީޝާ ބުންޔާމީން / ކަލާފާނު ސްކޫލް

■ 19 އަހަރުން ދަށް:

1 ވަނަ: ޢާއިޝަތު ޖޫނީ ޖިނާހު / ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
2 ވަނަ: ޢާއިޝަތު ޒަޔާ ޝަހީމް / ޖަމާލުއްދީން ސްކޫލް
3 ވަނަ : މަރިޔަމް ޚަލީސާ އަޙްމަދު / ކަލާފާނު ސްކޫލް

■ ޖޫނިއަރ ގްރޫޕް: (ފައުންޑޭޝަން ސްޓޭޖުން ފެށިގެން 11 އަހަރުން ދަށުގެ އުމުރުފުރާ)

1 ވަނަ: ޢާއިޝަތު އަލައިނާ އަނާން ޝަރީފް / ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
2 ވަނަ: ލީމް އަންޖަލް ޢަލީ / ޣާޒީ ސްކޫލް
3 ވަނަ : ޝިޔާޛު ޙުސައިން އަޙްމަދު / ރެހެންދި ސްކޫލް

■ ސީނިއަރ ގްރޫޕް: (13 އަހަރުން ދަށުން ފެށިގެން 19 އަހަރުން ދަށުގެ އުމުރުފުރާ)

1 ވަނަ: އައިޝަތު ޖޫނީ ޖިނާހު / ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
2 ވަނަ: ޢާއިޝަތު ޒަޔާ ޝަހީމް / ޖަމާލުއްދީން ސްކޫލް
3 ވަނަ : މަރިޔަމް ޚަލީސާ އަޙްމަދު / ކަލާފާނު ސްކޫލް

މިއަހަރުގެ މުބާރާތަކީ ގިނަ ގޮތްގޮތަކުން ޚާއްސަ މުބާރާތެކެވެ. 7 އަހަރުގެ މެދުކެނޑުމަކަށްފަހު ސްކޫލްތަކުގެ މެދުގައި ބޭއްވީ އެންމެ ވާދަވެރި އެއް މުބާރާތް އަލުން ބާއްވަފައިވާއިރު މިމުބާރާތުގައި ރާއްޖޭގެ 32 ސްކޫލަކުން 266 ބައިވެރިންވަނީ ލަވަ ހުށައަޅައިދީފައެވެ. މިއަހަރުގެ މުބާރާތަކީ މިފަދަ މުބާރާތެއްގައި އެންމެ ގިނަ އަމިއްލަ ރާގު ހުށައަޅައިދިން މުބާރާތެވެ. މިގޮތުން 69 އަމިއްލަ ރާގުގެ ލަވަ މިމުބާރާތުގައި ވަނީ ހުށައަޅާފައެވެ.