ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާކުރުމުގައި ސަރަޙައްދީ ގޮތުން އެންމެ ކުރީގައި އުޅެނީ ދިވެހިރާއްޖެކަމަށް އެމެރިކާ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު މިހެން ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދުއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ ރާއްޖެއާއި އެމެރިކާއިން ބާއްވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެގެ އެމްބަސީއެއް އެމެރިކާގައި އަޅުން ގާއިމްކުރުމާއި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރުމުގެ މަސައްކަތް އެމެރިކާގެ ހާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
Delighted to meet with @SecBlinken.
— Abdulla Shahid (@abdulla_shahid) June 16, 2023
Had a constructive discussion focusing on strengthening bilateral relations between the #Maldives and #US.
We discussed:
1. Enhancing greater higher education opportunities for Maldivians to study at American universities
2. Increasing… pic.twitter.com/Fo7J67QfEs
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަނީ ރާއްޖެއިން ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާ ކުރުމުގައި ސަރަހައްދީ ގޮތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެމަސައްކަތަށް ތައުރީފް ކުރެއްވިއެވެ. އަދި އިގްތިސާދީ ކުރިއެރުމާއި ތިމާވެށީގެ މައްސަލަތަކާއި ސަލާމަތީ ކަންކަމުގައި ޑިމޮކްރެޓިކް އުސޫލުތައް ކުރިއެރުވުމުގައި ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ މަތީ ތައުލީމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.