ޚަބަރު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެ


ފުވައްމުލައް ސިޓީގައި ހިނގި ނުރައްކަތެރި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ފުވައްމުލަކުގައި 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ރޭ 23:25 ހާއިރު ލިބިފައިވާކަމަށެވެ. މި އެކްސިޑެންޓްގައި އުމުރުން 18 އަހަރޔެ ޒުވާނަކަށާއި 19 އަހަރުގެ ޒުވާނަކަށް އަނިޔާލިބިފައިވާ ކަމަށާއި އެ ދެމީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ދެ މީހުންނަކީވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ ދެމީހުންކަމަށްވެސް ފުލުހުން ވިދަޅުވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަޙްޤީގުކުރަމުންނެވެ.