ކުޅިވަރު

މަގުމަތިވެފަ ތިބި ކުޅުންތެރިން ކުޅުންތެރިންނަށް ހެދިން - ސާންތި


އީގަލްސްއިން ކުރާކަމަކީ މަގުމަތިވެފަ ތިބި ކުޅުންތެރިންތަކަކަކަށް ގޮތެއް ހޯދައިދިނުންކަމަށް ކޯޗު އިހުސާން އަބުދުލްޣަނީ ( ސާންތި ) ބުނެފިއެވެ. ޓީމް ދޫކޮށްދިޔަ މުޙިންމު ބައެއް ކުޅުންތެރިންނަށް އިޝާރާތްކޮށް އިހުސާން ބުނީ މިދިޔަ ދެއަހަރެއްގައިވެސް އެފަދަ ކުޅުންތެރިންތަކަކަކަށް ރަނގަޅު ގޮތްތައް ހޯދައިދީ ބޮޑަތި ކްލަބްތަކަށް ދޫކޮށްފައިވާނެކަމަށެވެ. 

އީގަލްސް ދޫކޮށްދިޔަ ތަޖުރިބާކާރު ކުޅުންތެރިންނަކީ ކެޕްޓަން އިސްމާއީލް އީސާ، ޔަސްފާދު ހަބީދު، އަހުމަދު ރަޝީދު، ކީޕަރު މުޙައްމަދު ފައިސަލް އަދި ހަސަން އަދުހަމްއެވެ. މީގެތެރެއިން ފައިސަލްއާއި އަދުހަމް ކްލަބުން ދޫކޮށްލީ މިދިޔަ ސީޒަންގެ މެދުތެރޭގައެވެ. އިސްމާއީލް އީސާ އީގަލްސް ދޫކޮށްލިއިރު އޭނާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރެވެ. އިހުސާން ބުނީ އެކްލަބުން ކުރާކަމަކީ ކުޅުންތެރިން އުފައްދާ އެހެން ބޮޑަތި ކްލަބްތަކަށް ދިނުންކަމަށެވެ.



" އަނެއްހެން ބަލާނަމަ މަގުމަތިވެފަ ތިބި ކުޅުންތެރިންތަކެއް ގެނެސް މިދިޔަ ދެއަހަރެއްވަރު ގެންގުޅެ، އެކުޅުންތެރިން ކުޅުންތެރިންނަށް ހަދާފަ ބޮޑަތި ކްލަބްތަކަށް ގެންދިއުން އެއީ އީގަލްސްއިން ކުޅުންތެރިންތަކެއް އުފައްދާ، ކުޅުންތެރިންތަކެއް ތިބި ހިސާބަށް ގެންދަން މަސައްކަތްކުރާ ޓީމެއްވީމަ. " އިހުސާން ބުންޏެވެ.