ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޓްރަކެއް ފުރުޅާލާ ހިނގި އެކްސިޑެންޓްގައި، އެވަގުތު އެސަރަޙައްދުން ބައިސްކަލުގައި ދިޔަ 2 ކުއްޖަކަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 07:35ހާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހި އިންޑަސްޓްރިއަލް ޒޯން ކައިރިންކަމަށެވެ. ފުރޮޅާލާފައިވަނީ ކޮންކްރީޓް މިކްސްޗަރ ޓްރަކެކެވެ.
ފުލުހުން ވިދާޅުވީ ބައިސްކަލުގައި ދިޔަ 13 އަހަރުގެ 2 ފިރިހެންކުދިންނަށާއި ޓްރަކް ޑްރައިވަރަށްވެސް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށެވެ. ނަމަވެސް މީގެ އިތުރު ތަފްސީލް ލިބިފައެއްނުވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ބަލަމުންދާކަމަށެވެ.