އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލީ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ޢަލީ ނަޝާތުގެ މެމްބަރުކަމުގެ ދައުރު ހަމަވާތީއެވެ.
5 އަހަރުގެ ދައުރަކަށް އައްޔަންކުރައްވާ ކޮމިޝަނުގެ މެމްބަރުކަމަށް ޢަލީ ނަޝާތު އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން ބުނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 މޭ 17 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރު 13:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަންކުރައްވަނީ ރައީސް އޮފީހުން ނަން ފޮނުވުމުން، މަޖިލީހުން ރުހުން ދެއްވުމުން، ރައީސުލްޖުމްހޫރިއްޔާއެވެ.