ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެެވެ.
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނީ މިއަދުން ފެށިގެން، މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން، 2.4 ކިލޯގެ މިންވަރަށެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު) ގައެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00، އަށާއި މެންދުރުފަހު 13:00 ން 15:15 އަށް އަދި ރޭގަނޑު 21:00 ން 22:30 އަށެވެ.
ރަށްރަށުގައި ގޮވާމުން ޒަކާތް ބަލައިގަތުން ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލުން ހަމަޖައްސާ އުޞޫލަކުން، ހަމަޖައްސާ ތަނެއްގައެވެ.
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިތުރުން މާލެ ސިޓީގައި، ފިޠުރު ޒަކާތް ފައިސާއިން ބަލައިގަތުންވެސް ކުރިއަށްދާނެއެވެ. އިސްލާމީ މަރުކަޒުގެ ހޯލުގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 13:00 އަށް ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެއެވެ. އަދި އަތޮޅުތެރޭގައި ކައުންސިލް އިދާރާތަކުން ހަމަޖައްސާ ގޮތެއްގެ މަތިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދނެއެވެ. މީގެ އިތުރަށް އޮންލައިން ޕޯޓަލްތަކުންވެސް ފިޠުރު ޒަކާތް ދެއްކޭނެއެވެ.