ދުނިޔެ

ބަޣްދާދުގައި ދިން ބޮމުގެ ޙަމަލާއެއްގައި 15 މީހުން މަރުވެއްޖެ


ޢިރާޤުގެ ބަޣްދާދުގައި އައި.އެސް ޖަމާޢަތުގެ ހަނގުރާމަވެރިން ޝީޢީންގެ މިސްކިތަކަށް ދިން ބޮމުގެ ޙަމަލާއެއްގައި 15 މީހުން މަރުވެއްޖެއެވެ.

ފުލުހުންނާއި މެޑިކަލް އޮފިޝަލުން މަޢުލޫމާތުދޭ ގޮތުގައި މިޙަމަލާގެ ސަބަބުން 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އޮފިޝަލުން މައުލޫމާތު ދޭގޮތުގައި މީގެތެރެއިން އެއް ބޮން ގޮއްވާލާފައިވަނީ މިސްކިތުގެ ތެރޭގައި އަދި އަނެއް ބޮން ގޮއްވާލާފައިވަނީ ފުރުތަމަ ބޮން ގޮއްވާލި ސަރަހައްދުގައި ކަމާބެހޭ ފަރާތްތައް ޙަރަކާތްތެރިވަމުން ދަނިކޮށެވެ. 

މިޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 4 މީހުންވެސް ހިމެނޭކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މިޙަމަލާގެ ޒިންމާ ނަގަމުން އައި.އެސް ޖަމަޢަތުން ބުނީ ޙަމަލާ ރައްދުކޮށްފައިވާނީ ޝީޢީންގެ މީހުން މަރާލުމަށް ކަމަށެވެ.