ޚަބަރު

މެގަމޯލްޑިވްސް އިން ޓޯކިޔޯއަށް ދަތުރުތައް ފަށައިފި


މެގަ މޯލްޑިވްސް އެއަރލައިނުން ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް ދަތުރުތައް ފަށައިފިއެވެ.

މެގަ މޯލްޑިވްސްއިން ޓޯކިޔޯއަށް ދަތުރުކުރަން ފަށާފައިވަނީ، މީހާރު އެ އެއަރލައިނުން ފްލައިޓް އޮޕަރޭޓްކުރަމުންދާ ޗައިނާގެ ބެއިޖިންގް މެދުވެރިކޮށެވެ. އެގޮތުން ހަފްތާއަކު 3 ދުވަހު ޓޯކިޔޯއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މެގަމޯލްޑިވްސްއިން ހާމަކުރެއެވެ. އެ އެއަރލައިނުން ބުނީ ކޮންމެ ހަފްތާއެއްގެ ހުކުރު، އާދީއްތަ، އަދި ބުދަދުވަހު ރާއްޖެއިން ބެއިޖިންގއަށް ފުރާ ފްލައިޓުން ޓޯކިޔޯއަށްދާ ދަތުރުވެރިން އުފުލާނެކަމަށެވެ. ނަމަވެސް އެ ދަތުރުވެރިންނަށް ބެއިޖިންގއިން ޓޯކިޔޯއަށް ދެވޭނީ ޖެހިގެން އަންނަ ދުވަހު ކަމަށް މެގަމޯލްޑިވްސްއިން ބުނެއެވެ.

އެއާރލައިންނުން ބުނީ، ރާއްޖޭގައި މިއަހަރު ފާހަގަކުރާ "ވިޒިޓް މޯލްޑިވްސް އިޔަރ 2016" ގެ ލަނޑުދަނޑިތަށް ޙާޞިލްކުރުމުގައި ޓޯކިޔޯގެ ދަތުރުތައް، އެހީއަކަށް ވާނެކަމަށެވެ. މެގަ މޯލްޑިވްސްއިން ޓޯކިޔޯއަށް ދަތުރުތަށް ފަށާއިރު ޚާއްޞަ ފެއަރއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދެކޮޅު ޓިކެޓެއް 850 ޑޮލަރަށެވެ.