ޚަބަރު

މެމްބަރު އަލީ އާޒިމްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެއްޖެ


ރައްޔިތުންގެ މަޖީލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރުން ޢަލީ ޢާޒިމްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރެއްވުމަށް ދަތިކުރެއެއްވުމުގެ ކުށް ސާބިތުވެ، ތިންހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ޙުކުމްކުރައްވައިފިއެވެ. ޢާޒިމްގެ މައްޗަށް ދައުލަތުން އުފުއްލެވި ދަޢުވާގައި ބަޔާންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ބާވީސްވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަމަން ބަލަހައްޓަވަން ތިއްބެވި ފުލުހުންނާ ދިމާއަށް މުޒާހަރާގެ ބައިވެރިން ގާއުކުމުން، އެ ސަރަހައްދު ދޫކޮށްދިޔުމަށް ޢާޒިމަށް ދެންނެވުމުންވެސް އެނާ އެގޮތަށް ޢަމަލުކުރައްވާފައި ނުވާކަމަށް ބަޔާންކުރައްވާފައިވެއެވެ. މި މައްސަލަ ނިންމަވައި، މިއަދު  ކުރިމިނަލް ކޯޓުން އިއްވެވި ޙުކުމްގައި ވަނީ ދައުލަތުން ހުށައެޅުއްވި ހެކިންގެ ހެކިބަހުން ޢަލީ ޢާޒިމްގެ މައްޗަށް އެ ދަޢުވާ ސާބިތުވާކަމަށެވެ. އެހެންކަމުން އެ ކުށުގެ އަދަބެއްގެ ގޮތުން ތިންހާސް ރުފިޔާއިން ޢަލީ ޢާޒިމް ޖޫރިމަނާކުރައްވައި، އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކެވުމަށް ދަށުކޯޓްގެ ޙުކުމްގައިވެއެވެ.