ޚަބަރު

ކުޑަކުއްޖަކަށް ޖިންސީގޯނާކޮށްގެން ބިދޭސީއަކު ހޯދަނީ


ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން ފުލުހުން އިޢުލާންކޮށްފިއެވެ. ފުލުހުން ހޯދަން އިޢުލާންކޮށްފައިވަނީ ބަނގްލަދޭޝްގެ ޝަފިކް ނަމަކަށް ކިޔާ 34 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ މީނާއަކީ ފުލުހުން ތަހުގީގު ކުރަމުންދާ، ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ކުރި މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއްކަމަށެވެ. ވީމާ، ޝަފިކްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163، ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގެންނެވިއެވެ.