ޚަބަރު

މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ވެލިދޫއިން ހައްޔަރުކޮށްފި


މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ގިނަ ޢަދަދެއްގެ ސެލޯފިންކޮޅުތަކަކާއެކު ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.މިމައްސަލާގައި މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ސްޓޭޝަން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޯމަދުވަހުގެ ވަގުތެއްގައިކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މިކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އެވަގުތު އޭނާ ހުރި ތަން ބަލައިފާސްކުރިއިރު އޭނާ އެވަގުތު ހުރި ސަރަޙައްދުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 183 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދެއްވާފައިވާކަމަށާއި މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުޤީޤު ކުރަމުންދާކަމަށެވެ.