ޚަބަރު

ސަރުކާރުން މަސައްކަތްކުރައްވަނީ ތަރައްޤީއަށް އިސްކަންދެއްވައިގެން


ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތަކަކީ ރައްޔިތުންނަށް ބޭނުންވާ މުހިއްމު ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތެއްކަމަށާއި، މިއީ ބައެއްގެ ހިތުގައި ޝައްކާއި ވަހުމް އުފެއްދެވުމަށް ކުރައްވާ މަސައްކަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިހެން ވިދާޅުވީ، މަހިބަދޫގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތުގައި، ތަރައްޤީއަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަންތައްކަމުގައި ދެކިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މި މަސައްކަތުގައި ގޮންޖެހުންތަކެއްވެސް އެބަހުރިކަމަށާއި، އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ތަފާތު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަހިބަދޫގައި ފެނުގެ ޚިދުމަތް ޤާއިމްކުރެވިގެން ދިޔުމަކީ ނުހަނު ބޮޑު އުފަލެއްކަމަށާއި، އަދި މަހިބަދޫގައި އިތުރު ޚިދުމަތްތަކެއް ޤާއިމުކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި، މިފަދަ ޕްރޮޖެކްޓްތައް ހިންގެވުމުގައި ބޭރުގެ އެހީދޭ އެޖެންސީތަކުން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އަދި މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ސިޔާސީގޮތުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ގޮންޖެއްސެވުމަށްފަހުކަމަށް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ޔޫއެން ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ އާއި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ތާރިޤްވެސް ވާހަކަފުޅުދެއްކެވިއެވެ. މިރަސްމިއްޔާތުގައި ވަނީ ސްޓެލްކޯގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.