ޚަބަރު

މިހާރު ކިއުއާރުކޯޑުން ފައިސާ ދެއްކޭނީ ގިނަވެގެން 750ރގެ މުޢާމަތާތްތަކަށް


ކިއުއާރު ކޯޑު ބޭނުންކޮށްގެން ކުރާ ފައިސާގެ މުޢާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ބަދަލު ގެނެސްފިއެވެ.

ކިއުއާރު ކޯޑު ނުވަތަ ސްކޭންކޮށްގެން ކުރާ މުއާތްމަލާތްތަކުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައަކީ މިދުވަސްވަރު އާންމުވެފައިވާ މައްސަލައެވެ. މިކަމާއި ގުޅިގެން އާންމުންގެ ކަންބޮޑުވުމާއި ޝަކުވާ ވަނީ ބޮޑުވެފައެވެ.

މިމައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން ބީއެމްއެމްއިން މިހާރު ވަނީ ކިއުއާރު ކޯޑު ބޭނުންކުރެވޭ މިންގަނޑުތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން، މިހާރު ކިއުއާރު ކޯޑު ބޭނުންކޮށްގެން އެންމެ ގިނަވެގެންވެސް ކުރެވޭނީ 750 ރުފިޔާގެ މުއާމަލާތްކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި ދުވާލެއްގެ މައްޗަށް ކޮންމެ ފަރާތަކަށްވެސް ކިއުއާރު ކޯޑު ބޭނުންކުރެވޭނީ ގިނަވެގެން 10 ފަހަރުކަމަށް އެބޭންކުން ވިދާޅުވެއެވެ.

އޮޅުވާލައިގެން އެކި ގޮތްގޮތުން ފައިސާ ހޯދާ މައްސަލަތަކުގެ އިތުރުން، ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ހާމަވެގެން ފައިސާ ގެއްލޭކަމަށް ބުނެ ކަސްޓަމަރުންގެ ޝަކުވާވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް މައުލޫމާތެއް ހާމަވެގެން ފައސާ ގެއްލޭ ހާލަތްތަކުގައި އެފައިސާ އަނބުރާ ލިބޭނެކަމަށް އެބޭންކުން ވަނީ ވިދާޅުވެފައެވެ.